ލީޑަރ - ގްރޭޑް 7
ނިކަމެތި ފަޤީރު ކުއްޖެކޭ އެކަމާ ދެރަވާ ކުއްޖެކޭ
އެކަމަކު ހަތަރުދަމު އެކި މަސައްކަތް ކޮށްހަދާ މީ ކުއްޖެކޭ
ކާނޭ ގޮތެއް ބޯނޭ ގޮތެއް ނެތުމުން މިހެން ޖެހެޔޭ
އުޅެން
ވާނޭ ގޮތެއް ހަމަ މި ހިނދު ވެސް ނޭނގޭ އެއީ މިސްކީނެކޭ
މި ކުރާ މަސައްކަތްތަކު ތެރޭން ދަސްވޭ އެތައް ކަންތައްތަކެއް
ރުކުރާލުމާ ހުރިހާ ކަމެއް ކުރިއަށް ދެވުނު މީ މަގުތަކޭ
ހިތްވަރު އުފެދި އަޒުމާ އެކީ ކެތްތެރިވުމަށް ދަސްކޮށްދެމުން
މިންވަރުފުޅަށް ކުރަމުން ޝުކުރު ކުރިއަށް ހިނގާ މީކުއްޖެކޭ
އޭނާގެ ހިތްވަރު ފެނުމުން އެ ކަހަލަ ދެ ކުއްޖަކު އެކުވިއޭ
ވޭނާ ތުރާ ލުއިކޮށްދިނޭ އެކުވީ އެތައް އާ ކުއްޖެކޭ
މި ގޮތަށް ކުދިން އެކުވެރި މިލެކުން ޖަމާއަތް ބޮޑުވިއޭ
މި ގޮތަށް މި ކަންވީ އޭނާއީ ރާވަން އެނގޭ މޮޅު ކުއްޖެކޭ
އެކުވަން ފެށީ އެ ޖަމާއަތާ އެކިވަރުގެ އެކި ބައިގަނޑުގަނޑޭ
އެކުވާ ގޮތުން ފެންނަން ފެށީ ކަނޑު ވަންނަމުން ދިޔަ ކޯރެކޭ
ބޮޑުވީ ވަރުން މުއައްސަސާ ވެރިއެއްގެ ބޭނުންވީ ހިނދުން
ބޮޑު ވެރިޔާކަން ލީޑަރުކަމަށް އިސްވީ މިފަދަ ދެރަ ކުއްޖެކޭ
ޤައުމީ ސަލާމް - ގްރޭޑް 7
ޤައުމީ މިއެކުވެރިކަން މަތީތިބެގެން ކުރީމެ ސަލާމް
ޤައުމީބަހުން ގިނަހެޔޮ ދުޢާ ކުރަމުން
ކުރީމެ ސަލާމް
ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަބައި ތިބެގެން
އައުދާނަކަން ލިބިގެން އެވާދިދައަށް
ކުރީމެ ސަލާމް
ނަޞްރާ
ބަޞީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާ ރަތާއި ހުދާ އެކީ ފެނުމުން
ކުރީމެސަލާމް
ކޮންފަދަ ނަސީބެއްތޯ؟ - ގްރޭޑް 7
ކޮންފަދަ ނަސީބެއްތޯއެ މީ،
ދޮންވެލިބިމެއްގައި ލެއްވުމީ
ހަންހާރަވެތި ދިވެހިންގެ
މީ، ގިންތީ ތެރޭ ހިމެނުއްވުމީ
ކަނޑައެޅި ޠަބީޢަތުގައި ވެދާ،
ދަނޑުފަގުގެ ފެހިކަން އެކުވެދާ
ކަނޑުރޯދި، މައި
ރޯއްޖަށްވެދާ ކަނޑަކާ މީ ގުޅި ނޭވާލުމީ
ޚައްޠުސްތިވާގެ މެދުންދެމޭ
ފެންއާރުތަކުން އޮއިދެމޭ
ރަށްތަކުގެ މަލަ އެފެނުންތެމޭ، މައްޗަށް އަތިރި ރަށްވެހި ވުމީ
ބުރުހަމަ ހަނދެއްގެ ޝުޢާއަކާ ފުރިހަމަ އިރެއްގެ ޟިޔާއަކާ
ތަރިތަކުގެ ރިހި ބެބުޅުންތަކާ ވެރިވީ
ބިމަށް މި އުފަންވުމީ
ވަރުވަރުގެ ރުއްގަސްތަކުތެރޭ، ހެލެބެލި މަދޮށި ކާނީ ތެރޭ
ހިރުނދާއި ފުނަ ދިއްގާތެރޭ
ހިޔާ ލިބިގެން ވުމީ
މޫދާ ވިލުގެ ޗާލޫކަމޭ! ބޯދޭފަރާތްތައް ގިނަ ކަމޭ!
ހޯދަން އުފާ އެ ތަނަށް ފުމޭ ޖާދޫގެ ސާޙިލުގައި
ވުމީ
ދިނިގެންވި ރަތް ފެއްސާ ހުދުން ފިނިވައި ތެރޭ ވީ ވިހުރުމުން
މިނިވަން ދިދައިގެ ހިޔާ ދަށުން
ހިނިތުންވެފައި އަބަދަށް ވުމީ
ދިވެހިން ދިވެހި ބިމުގައި އުޅޭ، ދިވެހިން ދިވެހި ދީނަށްވެސް އުޅޭ
ދިވެހިން ދިވެހި ގޮތުގައި އުޅޭ، ދިވެހިންގެ ދަރިއެއްކަމުގައި ވުމީ
ކާބަފައިންގެ ރޫޙް - ގްރޭޑް 8
ޤައުމަށް އައި މިނިވަން ނޫރާނީ ދައުރުން މިހަނދާންތައް އާކުރަނީ
އައުދާނަ އިތުރު އަބުޠާލުންނަށް ޒިކުރާގެ މަލުން މިވެދުން ކުރަނީ
މާޒީގެ އުޖާލާ މަންޒަރުތައް މާރީތި އުފާވެރި ކުރެހުންތައް
ދާތީ އަދު ހާމަވަމުން ކުލަތައް ތާރީޚު އަލުން މިއިއާދަވަނީ
ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި ދިވެހިންގެ މުބާރިކު ފެހި ދަނޑުގައި
ދިވެހިންގެ މުރާލިކަމާއެކުގައި ރުވަމުންދިޔަ ގަސްތައް ފޯދިދަނީ
ޤައުމަށް އައި މިނިވަން ނޫރާނީ ދައުރުން މިހަނދާންތައް އާކުރަނީ
މަދަނިއްޔަތަކަށް އިރުޝާދުދެމުން މިދަރީންނަށް މަގުތައް އަލިކުރަމުން
ވިދަމުންއައި ފަނޑުނުވި ނޫރުތަކުން އުދަރެސް އެކުގައި ޒީނަތްމިވަނީ
ފިސްފިސްވެ މުޅިން ދިޔަޔަސް ނެތިގެން ފަސްދާނުލެވުނު ކަށިތައް ނެތިގެން
އިސްނެންގެވި ކާބަފައިން ދެއްވާ އަސްލީ މިނިވަން ރޫޙޭ ލިބެނީ
ޤައުމަށް އައި މިނިވަން ނޫރާނީ ދައުރުން މިހަނދާންތައް އާކުރަނީ
ދިނިގެން އަދު ޤައުމު މިދާ ހިނދުގައި މިނިވަން ދިދައެއްގެ ހިޔާދަށުގައި
އުނިކަންނެތް ރޫޙާނީ ބިމުގައި ހިނިތުންވާ ރޫޙުތަކޭ ފެނުނީ
މިލިބޭ އިސްތިޤުލާލާއެކުގައި މިލިބޭ މަތިވެރި އުއްމީދެއްގައި
އަލި އެންމެ މަގުން ހިނގުމާމެދުގައި ޢަޒުމެއް އާކަނޑައެޅެމުން މިދަނީ
ޤައުމަށް އައި މިނިވަން ނޫރާނީ ދައުރުން މިހަނދާންތައް އާކުރަނީ
No comments:
Post a Comment