ތަޢާރަފް
މި ބްލޮގަކީ ވިލާކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒުން 2020
ވަނަ އަހަރު ކުރިއަށްގެންދާ ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ އިން ޓީޗިންގ ކޯހުގައި
ކިޔަވަމުންދާ އިންފޮމޭޝަން ޓެކްނޮލޮޖީ އިން އެޑިއުކޭޝަން މޮޑިއުލްގެ ދަށުން
ޢަޅުގަނޑު ޢަބުދުލް ޣަފޫރު އިސްމާޢީލް، ދޫރެސް / ރ . މީދޫ ހަދާފައިވާ ބްލޮގެކެވެ.
މި ބްލޮގް ތައްޔާރުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކިޔަވައިދިނުމުގެ
ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް، ކިޔަވައިދިނުމުގެ
ދާއިރާއިން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އަނެއްބޭނުމަކީ
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން،
އުނގެނެން ބޭނުންވާ ފަރާތްތަކަށް މި ބްލޮގްގައި ހިމަނާލާފައިވާ ބައިތަކުގެ
އެހީތެރިކަމާއެކު އުނގަންނައި ދިނުން
ކުރިއަށް ގެންދިއުމެވެ.
އަޅުގަނޑު ކިޔަވައިދިނުމުގެ މަސައްކަތް ކުރައްވާތާ ވަރަށް
ދުވަސްވެއްޖެއެވެ. ނަމަވެސް ތައްޔާރު ކުރި ގިނައެއްޗެތި މިހާރު ފެންނާކަށްނެތެވެ.
ރައްކާކުރެވިފައެއް ނެތެވެ. ލިބޭ ޢިލްމާއި، ހިތަށްވެރިވާ ޝޫޢޫރުތަކާއި، ސިކުޑީގައި
އުފެދޭ ޚިޔާލުތައް މާޒީއާއިއެކު ގެއްލި ދަނީއެވެ. މުސްތަޤްބަލަށްޓަކައި އެކަން
ރައްކާ ކުރެވޭނޭގޮތްކެއް ނެތެވެ. މައިގަނޑު ސަބަބަކީ އެއެއްޗެތި ރައްކާކުރާނެ
ގޮތެއް ފެނިފައި ނެތުމެވެ. ބެލެހެއްޓޭނެ ގޮތްތަކެއް ފެނިފައި ނެތުމެވެ. ނަމަވެސް
މި މޮޑިއުލް ކިޔެވައި ދެއްވުމާއި ގުޅިގެން އެފަދަ އެއްޗެތި ރައްކާކުރުމުގެ ވަޞީލަތްތައް
މިވަނީ ފެނިފައެވެ. އެއި ބްލޮގަށް އެއްޗެތި ލުމެވެ. އެހެންކަމުން ކިޔަވައިދިނުމުގައި
ތައްޔާރުކުރައްވާ ހުރިހާއެއްޗެއް ރައްކާކުރުމުގެ އަޒުމު ކަނޑައެޅިއްޖެއެވެ. މިކަމަށް
ޝައުޤްވެރިކަން އުފެދިއްޖެއެވެ. ކިޔަވައިދެއްވާ އެންމެހާ އެދުރުން މި ބްލޮގް
ބޭނުން ހިއްޕެވުމަށް ދަންނަވަމެވެ. ޚާއްޞާކޮށް ދިވެހިބަސް ކިޔަވާއިދެއްވާ ބޭފުޅުން
މި ބްލޮގް ޚިޔާރުކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
No comments:
Post a Comment